Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މައްކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މައްކާ މުކައްރަމާގައި މިއަދު ކުއްލިއަކަށް ބޯކޮށް ވެހުމު ވާރޭގެ ސަބަބުން މުޅި ސަރަހައްދު ފެންބޮޑުވެ، މަގުތަކުގައި ދުއްވަމުންދިޔަ އެތައް ކާރުތަކެއް ފެންގަނޑުގެ ދަށުވެއްޖެއެވެ.

މައްކާ އާއި މަދީނާގެ އިތުރުން ޖިއްދާގައިވެސް ގަދަ ވިއްސާރައާއެކު ވަރަށް ބޯކޮށް ވާރޭ ވެހި، ގުގުރުމާއި ވިދަމުންދާ ކަމަށް އެ އެޖެންސީން ބުނެފައިވެއެވެ. މިފަދަ ފެންބޮޑުވުމުގެ ހާދިސާތަކަކީ ޖިއްދާގައި ކުރިންވެސް ހިނގާފައިވާ ކަމެއްކަން ފާހަގަކޮށްލެވެއެވެ.

މިވަގުތު ސަލާމަތީ ޚިދުމަތްތަކުން ވަނީ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާފައެވެ. ގިނަ އަދަދެއްގެ ކާރުތަކާއި ބަސްތައް ވަނީ ފެންބޮޑުވުމުގެ ސަބަބުން މަގުމަތީގައި ހުއްޓިފައެވެ.

މި ހާދިސާއާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ފެތުރެމުންނެވެ. އެގޮތުން މައްކާގެ ދެކުނު-އިރުމަތީގައިވާ އަލް-އަވާލީ ސަރަހައްދުގައި ކުޑަކުދިން ސަލާމަތްކުރުމަށް ފިރިހެނުން މަސައްކަތްކުރާ މަންޒަރު ފެނިފައިވެއެވެ. އަދި އެހެން ވީޑިއޯއެއްގައި ފެންބޮޑުވުމުގެ ސަބަބުން ބައިސްކަލުން ވެއްޓުނު ޑެލިވަރީ މުވައްޒަފެއް ސަލާމަތްކުރާ މަންޒަރުވެސް ފެނިފައިވެއެވެ.

ސައުދީ އަރަބިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ މައްކާ، މަދީނާ އަދި ޖިއްދާއަށް ރަތް އެލާޓު ނެރެފައެވެ. ޖިއްދާގައި 2009 ވަނަ އަހަރު ހިނގި ފެންބޮޑުވުމުގެ ހާދިސާގައި 100 އަށްވުރެ ގިނަ މީހުން މަރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.

މި އަހަރުގެ އޭޕްރިލް މަހު ގަލްފު ޤައުމުތަކުގައި ރެކޯޑު އަދަދަކަށް ވާރޭވެހުނު ފަހުން މިއީ އެންމެ ބޮޑަށް ވާރޭވެހުނު ދުވަސްވަރެވެ. ގިނަ ސިޓީތަކުގައި ރަނގަޅު ފެންހިންދާ ނިޒާމެއް ނެތުމާއި، ސިޓީ ޕްލޭނަރުންނަށް މިފަދަ ބޯކޮށް ވެހޭ ވާރޭތަކުގެ މިންވަރު ލަފާނުކުރެވުމުގެ ސަބަބުން މިފަދަ ހާދިސާތައް ތަކުރާރުވަމުންދާކަން ފާހަގަކުރެވެއެވެ.

ރިޔާޟް، އަލް-ބާހާ އަދި ތަބޫކް ފަދަ އެހެން ސިޓީތަކަށްވެސް މި ވިއްސާރައިގެ އަސަރުކޮށްފައިވާކަމަށް ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ސައުދީ އަރަބިއާގެ ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން މުޅި ހަފުތާއަށް މެދުމިނުގެ އަދި ބޯ ވާރޭއާއި ގުގުރުމާއި ވިދުވަރުގެ އިންޒާރު ދީފައިވެއެވެ. އަދި ރައްޔިތުންނަށް ވަނީ ސަމާލުވުމަށް އިރުޝާދު ދީފައެވެ.

މިއަހަރުގެ އޭޕްރީލް މަހު ވެހުނު ބޯ ވާރޭގައި އޮމާނުގައި 21 މީހުން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި 4 މީހުން މަރުވިއެވެ. އެއީ ޔޫއޭއީގައި ފާއިތުވި 75 އަހަރު ތެރޭގައި އެންމެ ބޯކޮށް ވެހުނު ވާރޭއެވެ.

މައްކާގައި މާލީ ތަނަވަސްކަން ހުރި މީހުންނަށް ފެންބޮޑުވުމުން ސަލާމަތްވެވުނު ނަމަވެސް، އެހެން ގިނަ ބަޔަކު ފެންގަނޑުގައި ޖެހި ސަލާމަތްކުރަން ޖެހުނެވެ.

ސައުދީ އަރަބިއާގެ ނެޝަނަލް މެޓިއޮރޮލޮޖިކަލް ސެންޓަރުން ވަނީ ގިނަ ސަރަހައްދުތަކަށް ރަތް އިންޒާރު ދީ، ހުރިހާ އާންމު ތަންތަން ބަންދުކޮށްފައެވެ. އަދި އީސްޓަން ޕްރޮވިންސްއާއި ރިޔާޟުގެ ސްކޫލުތަކުގައި ކިޔަވައިދިނުން ވަނީ އޮންލައިންކޮށް ބަދަލުކޮށްފައެވެ.

މަދީނާގެ ތަޢުލީމީ ޑިޕާޓްމަންޓުން ވަނީ ސްކޫލުތަކުގެ ކަރަންޓާއި އެއަރކޮންޑިޝަން މަރާމާތުކޮށް، ފެންބޮޑުވެފައިވާ ތަންތަނުން ފެން ނަގާ މަންޒަރުތައް އެކްސް (ގައި ޝާއިޢުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ