ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް 2023 މިއަދު ފަށައިފިއެވެ.
މިއީ ހައްދުންމަތީގެ ޒުވާނުން މެދުގައި ކުޅިވަރުގެ ރޫހް އާލާކޮށް ދިރުވުމުގެ މަގުސަދުގައި އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގައި ޖުމުލަ 9 ޓީމެއް ވާދަކުރެއެވެ. މީގެ ތެރޭގައި ހިމެނެނީ އަންހެންޑިވިޝަނުގެ 6 ޓީމާއި ފިރިހެން ޑިވިޝަނުގެ 3 ޓީމެވެ.
މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް:
އެފް ޑަބްލިއު ސްޕޯރޓްސް
ބެސްޓް
ލެކްރޮސް ސްޕޯރޓްސް ކްލަބް
ލާމު ޔޫތު ޑިވޮލޮޕްމަންޓް
އަކިރިކޮޅު ސްޕޯރޓްސް ކްލަބް
ކޭއެމް ސްޕޯރޓްސް ކްލަބް
މުންޑޫ ޒުވާނުންގެ ޖަމިއްޔާ
ޓީކޭ ސްޕޯރޓްސް ކްލަބް
މިއަހަރުގެ މުބާރާތް ހޮސްޓް ކުރަނީ އައިލެންޑަރސް ސްޕޯޓްސް ކްލަބްއިންނެވެ. މިމުބާރާތުގެ މީޑިއާ ޕާރޓުނަރަކީ ހިރާސް އޮންލައިންއެވެ. މުބާރާތުގެ ޑިޖިޓަލް ސްޕޮންސަރަކީ ދިރާގުއެވެ.
ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގެ ސްޕޮންސަރުންނަކީ:
ފޮނަދޫ ކައުންސިލް
ފެނަކަ ފޮނަދޫ ބްރާންޗް
ލުމެކްސް
ނޫފަރު އެންޓަރޕްރައިޒަސް
އެލައިޓް ލައިފް އެމްވީ
ޕްރޯ ހޯމް ސޮލިއުޝަން
ޖާރޒިއާ
މިމުބާރާތް އޮންނާނީ ޖުލައި 6 ން 15 އަށް ލ. ފޮނަދޫގައެވެ.



