ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގެ އަންހެން ޑިވިޝަނުގެ ތިންވަނަ މެޗްގައި ބެސްޓްގެ މައްޗަށް ޓީކޭ ސްޕޯރޓްސް ކްލަބުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗު ޓީކޭ ސްޕޯރޓްސް ކްލަބުން ހޯދީ ސީދާ ތިން ސެޓުންނެވެ. ޓީކޭ ސްޕޯރޓްސް ކްލަބުން ސެޓްތައް ގެންދިޔައީ 25-23، 25-15 އަދި 25-08 އަކުންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރި އަކަށް ހޮވުނީ ޓީކޭ ސްޕޯރޓްސް ކްލަބުގެ މަރިޔަމް އަޒީފާއެވެ.








