ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގެ އަންހެންޑިވިޝަނުގެ ހަތަރު ވަނަ މެޗު މުންޑޫ ޒުވާނުންގެ ޖަމިއްޔާ އިން ކާމިޔާބުކޮށްފިއެވެ.
މި މެޗް މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކުރީ ފުރަތަމަ ސެޓް އެފްޑަބްލިއި ސްޕޯރޓްސް އިން ހޯދާފައި ވަނިކޮށް ފަހަތުން އަރާ ތިން ސެޓް ހޯދައިގެނެވެ.
މެޗްގެ ސެޓްތައް މުންޑޫ ޒުވާނުންގެ ޖަމިއްޔާއިން ހޯދާފައިވަނީ 15-25، 25-18، 25-13 އަދ 27-25 އިންނެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާގެ އައިޝަތު ރީމާއެވެ.







