ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތް 2023 ގެ ފިރިހެން ޑިވިޝަނުގެ ދެވަނަ މެޗު ކާމިޔާބު ކުރީ ކޭއެމް ސްޕޯރޓްސް ކްލަބުންނެވެ.
މުބާރާތުގެ އެންމެ ފޯރިގަދަ އަދި ވާދަވެރި މި މެޗްގައި ފަސް ސެޓް ކުޅުނެވެ. ފުރަތަމަ ދެ ސެޓް ގެންދިޔައީ ކޭ އެމް ސްޕޯރޓްސް އިންނެވެ. ނަމަވެސް ފަހަތުން އަރާ ޖެހި ޖެހިގެން ދެ ސެޓް ހޯދީ ލެކްރޮސް ސްޕޯރޓްސް ކްލަބުންނެވެ.
ފަހު ސެޓްގައި ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ފަސް ވަނަ ލިބުނީ ކޭއެމް ސްޕޯރޓްސް އަށެވެ.
މެޗްތައް ސެޓްތައް ދިޔައީ 25-21، 25-22، 20-25، 15-25 އަދި 15-8 އިންނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭއެމް ސްޕޯރޓްސްގެ މާއިދު މުހައްމަދު ހަލީލް އެވެ.









