Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ނަމާދަށް ތިއްބާ ޣައްޒާ ސްކޫލަކަށް ބޮން އެޅި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިޒްރޭލުގެ އުދުވާނީ ހަމަލާތަކުން ދިފާއު ހޯދަމުން އެއްތަނުން އަނެއްތަނަށް ދާ ގާޒާގެ ރައްޔިތުން ވަދެ ތިބި ސްކޫލަކަށް ބޮން އަޅާ 100 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޣައްޒާގެ މެދުތެރޭގައި ގިނަ އަދަދެއްގެ އާންމުން ރައްކާތެރިކަން ހޯދައިގެން ތިބި ތާބިއީން ސްކޫލަށް އިސްރާއީލުގެ ފައިޓާ ޖެޓްތަކުން ބޮންއަޅައި ގިނަ ބަޔަކު ޝަހީދުކޮށްލީ މިއަދު ފަތިސް ނަމާދަށް ތިއްބައެވެ. މި ހާދިސާގައި 200 އެއްހާ މީހުން ވަނީ ޒަޚަމްކޮށްލައިފައެެވެ.

މި ކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުޑަކުދިން ހިމެނޭ ގޮތަށް އާންމުންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ނަސްލު ނައްތާލުމުގެ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ އަސާސީ އުސޫލުތަކާ ސާފުކޮށް ޚިލާފު އަމަލުތަކެއް ކަމަށެވެ.

ދިވެހި ސަރުކާރުން ވަނީ މައުސޫމު އެތައް ބައެއްގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ދެމުންދާ އެ ހަމަލާތައް ހުއްޓުވައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކަށް ވެސް ގޮވާލައިފަ އެވެ. ދިވެހިން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރުމުގައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

މީގެއިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް “އެކްސް” ގައި ވަނީ އިސްރާއީލުން ޣައްޒާގެ އިތުރު ސްކޫލަކަށް އަމާޒުކޮށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި، އިޒްރޭލު ޖަވާބުދާރީ ކުރުވައި ފަލަސްތީނުގެ އާންމުން ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އަޅަން ޖެހެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ދަރަޖް އަވަށުގައި ހުންނަ އަލް ތާބިން ސްކޫލަކީ ވެސް ހިޔާވަހިކަން ހޯދައިގެން އެތައް ހާސް ބަޔަކު ތިބި ސްކޫލެކެވެ.

މި ހަމަލާއާ އެކު، އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 39،000 އިން މައްޗަށް އަރައިފަ އެވެ. ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި އިތުރު ގައުމުތަކުން ވެސް ދަނީ މި ހަމަލާ ކުށްވެރިކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ