އެންމެ ފަހުގެ ޓެކްނޮލޮޖީ ވަސީލަތްތައް ލިބޭގޮތަށް އީ ޕްލެޓިނަމް މޮބައިލްގެ ނަމުގައި އައު ފިހާރައެއް ހުޅުވައިފިއެވެ. މިއީ ކުރީގެ އީ މުދާފޮށި ރީބްރޭންޑްކޮށް އަލަށް ހުޅުވި ފިހާރައެކެވެ.
ނޮވެމްބަރު 1 ވަނަ ދުވަހު ހުޅުވި މި ފިހާރައިން އެންމެ ފަހުގެ އެޕަލް ޕްރޮޑަކްޓްތަކާއި، ސެމްސަންގ، ޕިކްސެލް، ވަންޕްލަސް، ރެޑްމީ އަދި ހުވާވޭ ބްރޭންޑްގެ ފޯނުތަކާއި ގެޖެޓްތައް ލިބެން ހުންނާނެކަމަށް އީ ޕްލެޓިނަމް މޮބައިލްއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެންމެ ފަހުގެ ސްމާޓް ވޮޗްތަކާއި ގޭމިންގ ލެޕްޓޮޕްތައްވެސް މި ފިހާރައިން ލިބޭނެއެވެ.

ޓެކްނޮލޮޖީ ލޯބިވެރިންނަށް ޚާއްޞަކޮށްގެން ހުޅުވާފައިވާ މި ފިހާރައިން އަސޫސް، އެމް.އެސް.އައި، ޑެލް، އެޗް.ޕީ އަދި ލެނޯވޯ ފަދަ މަޝްހޫރު ބްރޭންޑްތަކުގެ ލެޕްޓޮޕްތައްވެސް ލިބެން ހުންނާނެއެވެ.
އީ ޕްލެޓިނަމުން ވަނީ ފިހާރަ ހުޅުވި ރޭ ބޭއްވި ރޭގައި ގުރުއަތުން ހޮވުނު ފަރާތަކަށް އެންމެ ފަހުގެ އައިފޯން 16 އެއްވެސް ހަދިޔާކޮށްފައެވެ.





މި ފިހާރަ ހުންނާނީ މާލޭގެ މަޖީދީމަގު އޮލިމްޕަސް ކުރިމަތީގައި ހުންނަ ޑީ.އެމް.ކޭ ޝޮޕިންގ ސެންޓަރ ނަމްބަރ ފިފްޓީގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގަ އެވެ.
https://www.instagram.com/e_platinum_mobiles/profilecard/?igsh=M3lmbmhheXY0M2R3



