އުމްރާއަށް ދިއުމަށް ފައިސާ ދެއްކުމަށްފަހު އަސްކޮއި ޓްރެވަލް ސާވިސް ޕްރައިވެޓް ލިމިޓެޑުން އެ ޚިދުމަތް ނުދިން ކަމަށް ބުނާ މައްސަލައެއް އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
މިކަން ހާމަކުރައްވަމުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
މި މައްސަލައިގައި ށ. ފޯކައިދޫން އެކަނި 28 މީހުން ހިމެނޭ ކަމަށް ބުނެ، އެއް ފަރާތަކުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، ޖުލައި 24 ގައި އުމްރާއަށް ދިއުމަށް މި އަހަރުގެ ފެބްރުއަރީ މަހު 25,500 ރުފިޔާ ދައްކާފައިވާ ކަމަށެވެ. ނަމަވެސް ފުރަން ކައިރިވީއިރު އެ ކުންފުނިން އަންގާފައިވަނީ މިފަހަރު އުމްރާއަށް ގެންދެވެން ނެތް ކަމަށެވެ.
އަސްކޮއި ގްރޫޕުގެ މިފަދަ މައްސަލައެއް މި އަހަރުގެ މެއި މަހުވެސް ކުރިމަތިވެ، އެ މައްސަލަ ބެލުމަށްފަހު އެ ކުންފުނި 130,000 ރުފިޔާއިން ޖޫރިމަނާ ކުރިއެވެ.



