2025 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖެއަށް 4.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ..
މިދިޔަ ޖުލައި މަހު އިމްޕޯޓްކުރި މުދަލުގެ ތެރޭގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ތެލެވެ. މިގޮތުން 923 މިލިއަން ރުފިޔާގެ ތެޔޮ އިމްޕޯޓްކޮށްފައިވާއިރު، 859 މިލިއަން ރުފިޔާގެ ކާބޯތަކެތި އަދި 735 މިލިއަން ރުފިޔާގެ މެޝިނަރީ އާއި އިލެކްޓްރިކަލް ސާމާނު ވަނީ އެތެރެކޮށްފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން 712 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު، އިންޑިއާއިން 704 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެއެވެ. އަދި އެކުވެރި އަރަބި އިމާރާތުން 622 މިލިއަން ރުފިޔާގެ މުދަލާއި، އޮމާނުން 513 މިލިއަން ރުފިޔާގެ މުދަލާއި، ސިންގަޕޫރުން 432 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
އަދި މިދިޔަ މަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 210 މިލިއަން ރުފިޔާގެ މުދާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ އިމްޕޯޓާ އަޅާބަލާއިރު ވަރަށް ކުޑަ އަދަދެކެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ ވިޔަފާރީގެ ދެކޮޅު ނުބައްދާ މިންވަރު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ. އެހެނީ އިމްޕޯޓާއި އެކްސްޕޯޓާ ދެމެދު 4.29 ބިލިއަން ރުފިޔާގެ ތަފާތެއް އެބަހުއްޓެވެ.



