Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެސްއީޒެޑް ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އިންވެސްޓަރުން ޝައުޤުވެރިކުރުވުމަށް ބޮޑެތި ލުއިތަކަކާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައެޅުމަށްޓަކައި ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑު)ގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢު ހުށައެޅުއްވި މި ބިލަކީ، 2014 ވަނަ އަހަރު މި ޤާނޫނު އުފެދުނު ފަހުން ހުށައެޅޭ ފުރަތަމަ އިޞްލާޙެވެ.

މުޅި މަޖިލީހުގެ ކޮމިޓީން ބިލު ދިރާސާކުރިއިރު، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާގެ ފަރާތުން އެއް އިޞްލާޙެއް ހުށައެޅުއްވިއެވެ. އެ އިޞްލާޙުގައި ބަޔާންކޮށްފައިވަނީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން، ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.

ކޮމިޓީން ހުށައެޅި އިޞްލާޙުތަކާއެކު ބިލު ފާސްކުރަން ފެންނަ ކަމަށް މެންބަރުންގެ އަޤުލަބިއްޔަތުން (55 މެންބަރުންގެ ވޯޓާއެކު) ވަނީ ފާސްކޮށްފައެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ، ސްޕެޝަލް އިކޮނޮމިކް ޒޯންތައް “ސަސްޓެއިނަބަލް ޓައުންޝިޕް”ގެ ގޮތުގައި ކަނޑައެޅުމަށް މަގުފަހިކުރުމަށްޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާން ކުރުމެވެ.

ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕް މާނަކޮށްފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ޤާއިމުކުރެވޭ، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް މެދުވެރިކޮށް، މީހުން ދިރިއުޅޭނެ ވަޞީލަތްތަކާއި ޚިދުމަތްތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ސަރަހައްދަކަށެވެ.

ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީ ކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވެލޮޕަރަށް ހުއްދަ ދިނުމަށް ގިނަ ޝަރުތުތަކެއް ބިލުގައި ކަނޑައަޅާފައިވެއެވެ. އޭގެ ތެރޭގައި، ޒޯންގައި ކުރާ އިންވެސްޓްމަންޓަކީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓަކަށްވުމާއި، ލަގްޒަރީ ޓޫރިޒަމްގެ ޚިދުމަތްތައް ހިމެނޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވެލޮޕްމެންޓެއް ޤާއިމުކުރުން ހިމެނެއެވެ.

އަދި ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުން ޝަރުތުކުރެއެވެ. މީގެ އިތުރުން، ޒޯންގައި ހަކަތަ އުފެއްދުމަށާއި، ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތަކަކީ ސެލްފް-ސަފިޝިއެންޓް އިންފްރާސްޓްރަކްޗަރއަކަށްވުމާއެކު، ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށްވުން ވެސް ޝަރުތުކުރެއެވެ. ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަރކަލްޗަރގެ ވަޞީލަތްތައް ޤާއިމުކުރުމާއި، ދިރިއުޅޭނެ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކާއި، ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތައް ހިމެނޭހެން ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ސަސްޓެއިނަބަލް ޓައުންޝިޕް ތަރައްޤީކުރާ ޑިވެލޮޕަރުންނަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއް ކަނޑައަޅާފައިވެއެވެ. އާމްދަނީން ޓެކްސް ނެގޭނީ ފުރަތަމަ 10 އަހަރަށް 5 އިންސައްތައިގެ ރޭޓުންނާއި، 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުންނެވެ. 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނެގޭނެއެވެ. މީގެ އިތުރުން، ޒޯން ތަރައްޤީކުރުމަށް އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކާކަށް ނުޖެހޭނެއެވެ.

މި ބިލުގެ ދަށުން ހަދަންޖެހޭ ޤަވާއިދުތައް، ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ. މި އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ