ހުޅުމާލޭގެ މިސްކިތްތަކަށް ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަދުވަސްވަންދެން ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
މިއަދު ފުލުހުން ކުރި އާންމު އިއުލާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ މިސްކިތް ސަރަހައްދަކީ އެންމެނަށް ފަސޭހަ ސަރަހައްދަކަށް ހެދުމަށާއި، ނަމާދަށް އަންނަ ފަރާތްތަކަށް ފަސޭހައިން ޕާކްކުރެވޭނޭ އިންތިޒާމު ހަމަޖައްސައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
މިގޮތުން، މިސްކިތްތައް ހިމެނޭ ސަރަހައްދުތަކުގައި ގިނަދުވަސްވަންދެން ބަހައްޓާފައިވާ އުޅަނދުތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ނަންގަވައިދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
މިއީ ރަމަޟާން މަހުގެ ތެރޭގައި މިސްކިތްތަކަށް ބާރުބޮޑުވާ ވަގުތުތަކުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކުރެވޭ މަސައްކަތެކެވެ.



