ލިޔުނީ: މަރްޔަމް އަދީލާ
ބޭނުންވާ ތަކެތި:
ކައްކާފައި ހުރި ބްރައުން ރައިސް
ތަފާތު ތަރުކާރީ
ލޮނުމެދު
އޮލިވް އޮއިލް
ލޮނު އަދި އަސޭމިރުސް
ސޯޔާ ސޯސް (މަދު މިންވަރަކަށް)
ތައްޔާރުކުރާނެ ގޮތް:
ތެޔޮކޮޅުގައި ލޮނުމެދުކޮޅު މީރުކޮށްލުމަށްފަހު ތަރުކާރީކޮޅު އަޅާލާށެވެ. ދެން ލޮނާއި އަސޭމިރުސް އަޅައިގެން ކުޑަކޮށް މީރުކޮށްލުމަށްފަހު ސޯޔާ ސޯސް އެއްކޮށްލާށެވެ. އަދި އެންމެފަހަށް ބްރައުން ރައިސްކޮޅު އެއްކޮށްލާށެވެ.
ފައިދާ:
ފައިބަރ ގިނައިން ލިބުން
ގިނައިރު ވަންދެން ހަކަތަ ހިފަހައްޓައިދޭ



