Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ފާއިތުވި ހަ އަހަރުގެ ތެރޭގައި ބަޖެޓުގެ ޑެފިސިޓް އެންމެ ބޮޑަށް ކުޑަވީ މިދިޔަ އަހަރު

ad image

ގުޅުންހުރި ލިޔުންތައް

ފާއިތުވި ހަ އަހަރުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން އެންމެ ކުޑަ ޑެފިސިޓެއް ރެކޯޑުކުރެވިފައިވަނީ މިދިޔަ އަހަރުކަން ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާންމުކޮށްފައިވާ “ބަޖެޓު ނަތީޖާ ބަޔާން 2025” އިން ދައްކާ ގޮތުގައި، 2025 ވަނަ އަހަރު ރާއްޖޭގެ ފިސްކަލް ޑެފިސިޓް ނުވަތަ އާމްދަނީއާ ޚަރަދުގެ ފަރަގު ވަނީ 4.4 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި މި އަދަދު މިހާބޮޑަށް ދަށްވި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއަކީ 2025 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ޑެފިސިޓްވާނެ ކަމަށް އަންދާޒާކުރި 9.4 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %53.6 ކުޑަ އަދަދެކެވެ. ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީ) ބަލާއިރު، 2025 ވަނަ އަހަރުގެ ޑެފިސިޓަކީ %3.6 އެވެ. މިއީ 2020 ވަނަ އަހަރުގެ %16.6 އާއި 2024 ވަނަ އަހަރުގެ %9.9 އާ އަޅާބަލާއިރު މާލީ ގޮތުން ހޯދިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މާލީ ވުޒާރާއިން ހާމަކުރި ގޮތުގައި މި ކާމިޔާބީ ލިބުނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުމްލަ ޚަރަދަކީ 44.2 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ލަފާކުރި މިންވަރަށްވުރެ 5.0 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މީގެ އިތުރުން، 2025 ވަނަ އަހަރަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ސަޕްލިމެންޓްރީ ބަޖެޓަކާ ނުލައި ޚަރަދުތައް މެނޭޖުކުރެވުނު ހަމައެކަނި އަހަރެވެ.

އާމްދަނީގެ ގޮތުން ބަލާއިރު، މިދިޔަ އަހަރު ދައުލަތަށް 39.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ ފަހުން ދައުލަތަށް އެންމެ ގިނަ އާމްދަނީ އާއި ހިލޭ އެހީ ލިބުނު އަހަރެވެ. ޚާއްޞަކޮށް ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ އާއި ފަތުރުވެރިކަމުގެ ދާއިރާގެ ނަތީޖާތައް ރަނގަޅުވުމަކީ ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމަށް ލިބުނު ބޮޑު ބާރެކެވެ. ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދުވެސް ވަނީ އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ދަރަނި ހުރީ 154.9 ބިލިއަން ރުފިޔާގައެވެ. މާލީ ވުޒާރާއިން ބުނީ 2025 ވަނަ އަހަރުގެ ބަޖެޓު ތަންފީޒުކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ދައުލަތުގެ މާލީ ހާލަތު ވަރުގަދަކުރުމަށާއި ދަރަނި ދެއްކުމުގެ ގާބިލުކަން އިތުރުކުރުމަށެވެ. އެގޮތުން ފާއިތުވި އަހަރު ދަރަނި ދެއްކުމަށް އެކަނިވެސް 10.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. .

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ