ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ތެރެއިން، އުސޫލުތަކާ ހިލާފަށް ފްލެޓް ކުއްޔަށް ދޫކުރި މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް ލިޔުމުން އިންޒާރު ދީފިއެވެ. އެފްޑީސީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކޯޕަރޭޝަނުން ތަރައްގީކުރާ 4،000 ހައުސިން ޔުނިޓުގެ ތެރެއިން ބައެއް ތަންތަން އުސޫލާ ހިލާފަށް ކުއްޔަށް ދޫކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި މައްސަލަތަކާ ގުޅިގެން ނިމިދިޔަ މޭ މަހުގެ ތެރޭގައި އެއް ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، ތިން ފަރާތަކަށް ވަނީ ލިޔުމުން އިންޒާރު ދީފައެވެ. މީގެ އިތުރުން، މިފަދަ އިތުރު ދެ މައްސަލައެއް އެ ކޯޕަރޭޝަނުން މިހާރުވެސް ދަނީ ތަހުގީގު ކުރަމުންނެވެ. އެފްޑީސީން ބުނީ މި ހައުސިން ޔުނިޓުތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި، ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ.
މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އެފްޑީސީން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ފްލެޓެއްގައި ލޭބާ ކުއާޓަރެއް ހަދައި ބިދޭސީންނަށް ކުއްޔަށް ދިން މައްސަލައެއްގައި މިދިޔަ ފެބްރުވަރީ މަހު މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ތަނުން ބިދޭސީން ވަނީ ނެރެފައެވެ. އަދި ފަހި ޓަވަރަށް ކުނި އެޅި މައްސަލައެއްގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަންވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.