މިދުވަސްވަރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތާއި ދިމާކޮށް ޒުވާނުންނާއި ކުޅިވަރާ ބެހޭ ވުޒާރާއިން ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކެއް ޔޫތު ހަބުގައި ހުކުރު ދުވަހު ހަވީރު އޮންނާނެކަން، ހާމަކޮށްފިއެވެ.
މި ކާނިވަލް ކުރިއަށްދާނީ “ގޭމިން ކާނިވަލް” ގެ ނަމުގައެވެ. މި ހަރަކާތަކީ ވޯލްޑް ކަޕާ ގުޅިގެން އެ މުބާރާތް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގައި ވެސް ކުރިއަށްގެންދާނެ ހަރަކާތެއް ކަމަށް އެ ވުާޒާރާއިން ބުންޏެވެ.
މި ކާނިވަލަކީ ވޯލްޑް ކަޕް ނިމެންދެން ކޮންމެ ހުކުރު ދުވަހެއްގެ ހަވީރު ހަތަރަކުން ހައެއް ޖަހަންދެން ލިލީ މަގުގައި ހުންނަ ޔޫތު ހަބްގައި ކުރިއަށްދާ ހަރަކާތެއް ކަމަށް ވުޒާރާއިން ބުނެއެވެ.

މި ގޭމިން ކާނިވަލަކީ ޔޫތު ހަބުގައި ކުރިއަށްގެންދާ ވޯލްޑް ކަޕް “ވޮޗް ސީރީޒްގެ” ބައެއް ކަމަށް އެވުޒާރާގެ އޮފިޝަލް ވިދާޅުވި އެވެ. މި ހަރަކާތްތަކުގައި ފުޓްބޯޅައިގެ މަޝްހޫރު ކުޅުންތެރިން ވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް
އޭނާ ވިދާޅުވި އެވެ.

އެއްފަހަރާ 250 މީހުންނަށް ތިބެވޭ ޔޫތު ހަބުގައި ބާއްވާ މި ވޮޗް ޕާޓީއަކީ އާއިލާތަކަށާއި ކުޑަކުދިންނަށް ރައްކާތެރި މާހައުލެއްގައި އުފާފާޅުކުރުމުގެ ފުރުސަތު ލިބިގެންދާނެ ހަރަކާތެއް ކަމަށް ވުޒާރާއިން ބުނެއެވެ.



