ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ. މިއަދު ކުރިއަށްދިޔަ މި އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 40،000 އެއްހައި މީހުންގެ ތެރެއިން 32،000 އާއި 33،000 އާ ދެމެދުގެ އަދަދަކަށް މީހުން މި އިންތިހާބުގައި ވޯޓުލާފައިވާ ކަމަށެވެ.
ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މިހާ ގިނަ އަދަދެއްގެ މީހުން އިންތިޚާބުގައި ބައިވެރިވުމަކީ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ސަރުކާރަށް ރައްޔިތުންގެ އޮތް ބޮޑު އިތުބާރެއްގެ ރަމްޒެކެވެ. މީގެ އިތުރުން، މި އިންތިޚާބަކީ ވަރަށް ސުލްހަވެރިކަމާއެކު ކުރިއަށްދިޔަ އިންތިޚާބެއްކަން ފާހަގަކުރައްވައި، އެހެން ޕާޓީތަކުގެ އިންތިޚާބުތަކުން ފެންނަ ނޭދެވޭ ކަންކަން މި އިންތިޚާބުން ފެނިފައިނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
119 ރަށެއްގައި ބޭއްވި މި އިންތިޚާބުގައި 2،400 އެއްހައި ކެންޑިޑޭޓުން ވާދަކުރެއްވި ކަމަށެވެ. އަދި



