ހުޅުމާލެ ފޭސް 2 ގައި މިއަދު ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 7:44 ހާއިރު ހީނާމާ ހިންގުން އާއި ދުންބުރިގަސް މަގު ގުޅޭ ހިސާބުގައެވެ.
އެކްސިޑެންޓްވި ސައިކަލުގައި ދުއްވަން އިން 62 އަހަރުގެ ފިރިހެނެއް ކަމަށާއި، ފަސިންޖަރެއްގެ ގޮތުގައި ދަތުރުކުރީ 24 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި ދެމީހުންނަށްވެސް އަނިޔާވެފައިވާ ކަމަށާއި މިހާރު އެދެމީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



