ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އީފާސްގެ ޚިދުމަތްތަކާ ގުޅޭ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ މޯބައިލް ހެލްޕްޑެސްކެއް މި ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
އީފާސް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހެލްޕްޑެސްކް ކުރިއަށްދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ.
އެގޮތުން، 9 އޮކްޓޯބަރު ވާ ހުކުރު ދުވަހު ހެލްޕްޑެސްކް ޤާއިމުކުރާނީ ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކުގައެވެ. އަދި 10 އޮކްޓޯބަރު ވާ ހޮނިހިރު ދުވަހު މި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި، އުރީދޫ އިމާރާތް ކުރިމަތީގައެވެ.
މި މޯބައިލް ހެލްޕްޑެސްކްގެ ތެރެއިން އީފާސް އެކައުންޓާ ގުޅޭ އެކި މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، އީފާސް ބޭނުންކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ވެސް އާންމުންނަށް ފޯރުކޮށްދޭނެ ކަމަށް އީފާސް އިން ބުނެފައިވެއެވެ.



