ހުޅުމާލޭގެ ބަގީޗާ ހިނގުމުގައި ހުންނަ ހޮޅިދަނޑިއެއްގައި ކާރެއް ޖެހި މިއަދު ފަތިހު އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ ބަގީޗާ ހިނގުމުގެ ޕޭވްމަންޓް މަތީގައި ހުރި ހޮޅިދަނޑިއެއްގައި ކާރެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ 18 އޮކްޓޫބަރު 2026 ގެ ފަތިހު 04:33 ހާއިރު ކަމަށެވެ.
މި އެކްސިޑެންޓްގައި ކާރު ދުއްވަން އިން 28 އަހަރުގެ ދިވެހި ފިރިހެނަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. ނަމަވެސް އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާއާ ގުޅިގެން ކާރު ދުއްވި ޑްރައިވަރުގެ ލައިސަންސް މިހާރު ވަނީ ހިފަހައްޓާފައެވެ. އަދި ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



