Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ހުޅުމާލޭގައި ތަރައްގީކުރި ފަސް ތަރީގެ ‘މެންހަޓަން ގްރޭންޑް ހޮޓެލް’ ރަސްމީކޮށް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްފަހު އެތައް އަހަރެއް ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓަލުގެ މަސައްކަތް ނިންމައި، ފަސް ތަރީގެ ފެންވަރުގެ “މެންހަޓަން ގްރޭންޑް ހޮޓެލް” ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގައި މިހާތަނަށް ހުޅުވި ފަސް ތަރީގެ އެންމެ ބޮޑު ހޮޓަލެވެ.

މި ހޮޓެލް ރަސްމީކޮށް ހުޅުވައިދެއްވީ ރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އެވެ. މިއީ ރާއްޖެ އަންނަ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ފެންވަރު ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުގެ ދަށުން ތަރައްގީކުރި ތަނެކެވެ.

މި މަޝްރޫއަކީ 34 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 524 މިލިއަން ރުފިޔާ) އިންވެސްޓްކޮށްގެން 2011 ވަނަ އަހަރު ތަރައްގީކުރަން ފެށި އިމާރާތެކެވެ. އިމާރާތުގެ މައިގަނޑު ކޮންސްޓްރަކްޝަން ނިންމި ނަމަވެސް، މަސައްކަތް ކުރިއަށް ނުގޮސް ގިނަ އަހަރުތަކެއް ހޭދަވިއިރު، ފާއިތުވި 20 އަހަރުގެ ތެރޭގައި 17 އިންވެސްޓަރަކު ވަނީ މި ތަން ތަރައްގީކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ހޮޓެލް ހިންގުމަށް ހާއްސަކޮށް އުފެއްދި “ވޯލްޑް އޮފް ބިޒްނަސް” ކުންފުންޏާ މި މަސައްކަތް ހަވާލުކުރިތާ 11 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ރޭ ވަނީ ޚިދުމަތް ދޭން ފަށާފައެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަކުރާ އޮފީސް ބައިތައް ވެސް ހިމެނޭ މި އިމާރާތުގެ ނުވަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ސީދާ ފަސް ތަރީގެ ހޮޓަލަށެވެ.

އެ ހޮޓަލުގައި ޖުމްލަ 162 ކޮޓަރި އާއި ސުއިޓްސް ހިމެނޭއިރު، މެހެމާނުންނަށް ބޭނުންވާނެ ޒަމާނީ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އޭގެ ތެރޭގައި:

ފެތުމަށް ހާއްސަ ސްވިމިންގ ޕޫލާއި ހޮޓް ޓަބް
ސްޕާ އަދި ވެލްނެސް ސެންޓަރު
ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައިވާ ފިޓްނަސް ސެންޓަރު އަދި ޖިމް
ބޮޑެތި އިވެންޓްތަކަށް ހާއްސަ ގްރޭންޑް ބެންކެޓް ހޯލާއި ކޮންފަރެންސް ހޯލްތައް
ބައިނަލްއަގުވާމީ ފްރެންޗައިޒް ހަތަރު ރެސްޓޯރެންޓް

މި މަޝްރޫއު ނިމި ޚިދުމަތް ފެށުމަކީ ހުޅުމާލޭގެ ފަތުރުވެރިކަމަށާއި އިގުތިސާދީ ހަރަކާތްތަކަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ