Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ރަސްމާލެ ފަދަ އިންޓަގްރޭޓެޑް ޒޯންތަކުގައި އިސްލާމްދީން ނޫން ދީންތަކުގެ ޝިއާރުތައް ފާޅުކުރުން މަނާކުރާ ބިލެއް މަޖިލީހަށް

ad image

ގުޅުންހުރި ލިޔުންތައް

ރަސްމާލެ ހިމެނޭހެން ރާއްޖޭގައި ކަނޑައަޅާ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ރަމްޒުތަކާއި ޝިއާރުތައް ފާޅުކުރުމާއި، އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ގާއިމުކުރުން މަނާކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން މަޖިލީހަށް ހުށަހެޅުއްވި “ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު” ގައިވާ ގޮތުން، މިފަދަ ޒޯންތަކުގައި އެހެން ދީންތަކުގެ ފާހަގަކުރުންތައް ބޭއްވުމާއި އަޅުކަންކުރާ ތަންތަން ހިންގުމަކީ މަނާކަމެކެވެ. މީގެއިތުރުން، އޫރުމަހާއި ރާ އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުމުގެ އިތުރުން ޖުވާ ކުޅުން ފަދަ އިސްލާމީ ޝަރީއަތުގައި މަނާކޮށްފައިވާ އެއްވެސް ވިޔަފާރިއެއް ނުވަތަ ހަރަކާތެއް އެ ސަރަހައްދުތަކުގައި ހިންގުން ވަނީ މަނާކޮށްފައެވެ.

މި ބިލުގައި އިސްރާއީލުގެ ރައްޔިތުންނަށާއި، އިސްރާއީލުގެ ފަރާތްތަކުގެ މަސްލަހަތު ނުވަތަ ކޮންޓްރޯލް އޮންނަ ކުންފުނިތަކަށް މި ޒޯންތަކުން ކުއްޔަށް ހިފުމުގެ ހައްގު (ލީސްހޯލްޑް ރައިޓްސް) ވިއްކުން މަނާކޮށްފައިވެއެވެ. އަދި މި ސަރަހައްދުތަކުން ޕްރޮޕަޓީއެއް މިލްކުކުރި ނަމަވެސް ދިވެހިރައްޔިތުކަން ހޯދުމުގެ އެއްވެސް ހައްގެއް ނުލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

ބޭރުގެ އެއްވެސް ވަކި ގައުމެއްގެ ރައްޔިތުންނަށް ނުވަތަ ކުންފުނިތަކަކަށް، އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ޖުމްލަ ބިމުގެ 25 އިންސައްތައަށް ވުރެ ބޮޑު ބައެއް މިލްކު ނުކުރެވޭނެ ކަމަށާއި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ސަރަހައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަންވާނީ ރާއްޖޭގެ ގާނޫނުތަކުގެ ދަށުން ދިވެހި ސަލާމަތީ ބާރުތަކުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ރިއަލް އެސްޓޭޓް ދާއިރާ ހިންގުމުގެ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމެވެ. މީގެ ތެރޭގައި ޑިވެލޮޕަރުންނާއި، ބްރޯކަރުން އަދި އަގު ވަޒަންކުރާ ފަރާތްތަކަށް ލައިސަންސް ދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި، އިމާރާތް ނިމުމުގެ ކުރިން ފައިސާ ދައްކާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދިނުން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ