Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

މަރުގެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތައް ބަޔާންކުރާ ބިލެއް މަޖިލީހަށް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ކޯޓަކުން މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި، ނިހާއީ ހުކުމެއް ތަންފީޒުކުރުމުގެ އިޖުރާއަތްތައް ބަޔާންކުރާ “މަރުގެ އަދަބު ތަންފީޒުކުރުމުގެ ބިލު” ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

މި ބިލުގެ މައިގަނޑު މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމުގައްޔާއި ތަންފީޒުކުރުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ ކަންކަމާއި، ކުށްވެރިޔާގެ ހައްގުތަކުގެ އިތުރުން އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތްތައް ގާނޫނީ ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން އެކަށައެޅުމެވެ. ބިލުގައި މަރުގެ އަދަބު މާނަކޮށްފައިވަނީ ކަމާބެހޭ ކޯޓެއްގައި ހިންގާ ޝަރީއަތަކުން ކުށް ސާބިތުވެ، އޭގެ އަދަބެއްގެ ގޮތުން މީހަކު މެރުމަށް ކުރާ އަމުރެއްގެ ގޮތުގައެވެ.

ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، ކޯޓުތަކުން މަރުގެ އަދަބު ކަނޑައެޅޭނީ ފަސް ޝަރުތެއް ފުރިހަމަވެގެންނެވެ. އޭގެ ތެރޭގައި ސާބިތުވި ކުށަކީ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ގާނޫނުގައި ސަރީހަކޮށް ބަޔާންކޮށްފައިވާ ކުށަކަށްވުމާއި، ޝަރުއީ ތިން މަރުހަލާ (ދަށު ކޯޓު، ހައިކޯޓު އަދި ސުޕްރީމް ކޯޓު) އިން މައްސަލަ ބަލައި ނިމިފައިވުން ހިމެނެއެވެ. މީގެ އިތުރުން އަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީއަތް ހިންގާފައިވުމާއި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބިދީފައިވުމުގެ އިތުރުން، ގަސްތުގައި މީހަކު މެރުމުގެ ކުށެއްގައި ނަމަ މަރާލެވުނު މީހާގެ ވާރިސުން ގިސާސް ހިފަން ބޭނުންވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މަރުގެ ހުކުމް ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތައް ފެށޭނީ ސުޕްރީމް ކޯޓުން ނިހާއީ ހުކުމް އިއްވާތާ ހަ މަސް ފުރިހަމަވުމުންނެވެ. އެ މަސައްކަތްތައް ބަލަހައްޓާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ސެކްރެޓޭރިއެޓެއްގެ ދަށުން ހިންގާ ހަތް މެންބަރުންގެ ހާއްސަ ޕެނަލަކުންނެވެ. މި ޕެނަލުގެ މައިގަނޑު މަސްއޫލިއްޔަތަކީ އަދަބު ތަންފީޒުކުރާނެ ތާރީހާއި ވަގުތު ކަނޑައެޅުމާއި، އަދަބު ފަސްކުރަންޖެހޭ ސަބަބެއް އޮތްތޯ ބެލުމާއި، އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް ބަލައި ތަންފީޒުކުރުމުގެ ހުއްދަ ދިނުމެވެ.

އަދަބު ތަންފީޒުކުރުން ފަސްކުރެވޭ ހާލަތްތަކުގެ ތެރޭގައި ކުށްވެރިޔާ ބަލިވެއިނދެ ވިހައި ގަދަވެ، ނުވަތަ ވިހެއުމަށްފަހު ދަރިފުޅަށް ދެ އަހަރު ފުރެންދެން ފަސްކުރުން ހިމެނެއެވެ. އަދި ހުކުމް މުރާޖައާކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ނަމަ ގޮތެއް ނިމެންދެން ފަސްކުރުމާއި، ކުށްވެރިޔާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާ ހާލަތްތަކުގައި އެކަން ރަނގަޅުވަންދެން އަދަބު ފަސްކުރަން ޖެހެއެވެ.

ބިލުގައި ކަނޑައަޅާފައިވާ ގޮތުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ދަންޖައްސައިގެންނެވެ. މިކަން ކުރަންވާނީ އާންމުންނަށް ނުފެންނާނެ ތަނެއްގައެވެ. އަދި އަދަބު ތަންފީޒުކުރާ މަންޒަރާއި އަޑު އެއްވެސް ސިފައެއްގައި ރެކޯޑުކުރުމާއި، އެފަދަ އެއްވެސް މައުލޫމާތެއް އާންމުކުރުމަކީ ބިލުގެ ދަށުން މަނާކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ