Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ބަންޑާރަނައިބު

ad image

ގުޅުންހުރި ލިޔުންތައް

އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް ބަންޑާރަނައިބު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިހެން ވިދާޅުވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހެޅި ގެމްބިއާ އަދި މިޔަންމާގެ މައްސަލައިގައި، ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ ޒިންމާ މިޔަންމާ ދައުލަތުން އުފުލަންޖެހޭނެ ކަމަށް އެ ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.

މިއީ ގަތުލުއާންމެއްގެ ޒިންމާ ދައުލަތަކުން އުފުލަންޖެހޭނެ ކަމަށް އައިސީޖޭއިން ނިންމި ފުރަތަމަ ފަހަރެވެ. ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ، މިޔަންމާގެ ސަލާމަތީ ބާރުތަކުން ރޮހިންޖާ ދަރިކޮޅުގެ އެތައް ހާސް އާންމުން މަރައި، ފުޅާ ދާއިރާއެއްގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް އަނިޔާކޮށްފައިވާ ކަމަށެވެ. އަދި މި ޖަރީމާތައް ހުއްޓުވުމަށާއި އަދަބު ދިނުމަށް މިޔަންމާއިން ނުކުޅެދިފައިވާތީ، 2017 ވަނަ އަހަރުގެ “ކްލިއަރެންސް އޮޕަރޭޝަންސް” ގައި ބައިވެރިވި ފަރާތްތައް ތަހުގީގުކޮށް ޝަރީއަތް ހިންގުމަށާއި، ގެއްލުމުގެ ބަދަލު ދީ، ރައްކާތެރިކަމާއެކު އެނބުރި ވަޒަނަށް އާދެވޭނެ މަގު ފަހިކޮށްދިނުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޖެނޮސައިޑް ކޮންވެންޝަންގެ ބައިވެރިއެއްގެ ގޮތުން މި މައްސަލައަށް ތަދައްޚުލުވާނެކަން އެންމެ ފުރަތަމަ އިއުލާނުކުރި ގައުމަކީ ރާއްޖެއެވެ. މި މައްސަލައިގައި ރާއްޖޭގެ އެޖެންޓެއްގެ ގޮތުން ބަންޑާރަނައިބު އުޝާމް ހަރަކާތްތެރިވެވަޑައިގެންނެވި އިރު، ރާއްޖެ ތަމްސީލުކުރެއްވި ވަކީލުންނަކީ ޕްރޮފެސަރު އަމާލް ކްލޫނީ އަދި ޕްރޮފެސަރު ފިލީޕާ ވެބް އެވެ.

އައިސީޖޭގެ ހުކުމުގައި، ރާއްޖެއިން ހުށަހެޅި މުހިންމު ގާނޫނީ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ބަންޑާރަނައިބުގެ އޮފީހުން ފާހަގަކުރެއެވެ. އޭގެ ތެރޭގައި، ގަތުލުއާންމެއް ހިނގައިފިކަމަށް ބެލެވޭ ހާލަތްތަކުގައި ހިންގާ ތަހުގީގުތަކަކީ މިނިވަން އަދި ހަރުދަނާ ތަހުގީގުތަކަކަށް ވާންޖެހޭނެ ކަމަށާއި، ކުށުގެ ކުޑަބޮޑުމިނާ އެކަށޭނަ ހަރުކަށި އަދަބު ދެވޭނެ ފަދަ ގާނޫނީ ނިޒާމެއް ގާއިމުވެފައި އޮންނަންޖެހޭނެ ކަމަށް ރާއްޖެއިން ވަކާލާތުކުރި ކުރުންތައް ހިމެނެއެވެ.

ބަންޑާރަނައިބު އުޝާމް ވިދާޅުވީ، ރާއްޖެއިން މި މައްސަލައިގެ ތެރެއަށް ވަނީ ޖަރީމާތައް ހިންގާ ފަރާތްތަކަށް އަދަބު ނުލިބި ދިއުން ހުއްޓުވައި، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި ކަރާމާތް ރައްކާތެރިކުރުމުގައި ރާއްޖެ އަބަދުވެސް ފަސްނުޖެހި ދެމިއޮންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ