Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ad image

ގުޅުންހުރި ލިޔުންތައް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ވޮލީބޯޅައިގެ ތިން މުބާރާތެއްގައި ވާދަކޮށް، އެއްވެސް މެޗަކުން ބަލިނުވެ އެ ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ “ކްލަބް އެޗްޑީސީ” އިން ހޯދައިފިއެވެ.

މި ތިން މުބާރާތުގައިވެސް ކްލަބް އެޗްޑީސީ ތަމްސީލުކޮށް ރަންވަނަތައް ހޯދައިދިނީ އަޙްމަދު މުޙައްމަދު އަދި ޝަމާއިލް ޙުސައިން ހިމެނޭ ޕެއާއިންނެވެ. މި ދެ ކުޅުންތެރިން ވަނީ މި ތިން މުބާރާތުގައި ޖުމުލަ 12 މެޗު ކުޅެ، ހުރިހާ މެޗަކުންވެސް ފުރިހަމަ މޮޅެއް ހޯދާފައެވެ.

ކްލަބް އެޗްޑީސީން ކާމިޔާބީތައް ހޯދި ތިން މުބާރާތުގެ ތަފްޞީލު:

ބީޗް ވޮލީ ޗެމްޕިއަންޝިޕް: މި އަހަރުގެ ނޮވެންބަރު މަހުގެ 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި މުބާރާތުގައި ޖުމުލަ 18 ޓީމު ވާދަކުރިއެވެ. މީގެ ތެރޭގައި އެޗްޑީސީގެ ތިން ޓީމެއް ބައިވެރިވިއެވެ. އެއީ:

ކްލަބް އެޗްޑީސީ 1: އަޙްމަދު މުޙައްމަދު އަދި ޝަމާއިލް ޙުސައިން

ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްޢަދު

ކްލަބް އެޗްޑީސީ 3: ޢަލީ ނިމާލް އަދި ހުމާމް ޙަސަން

މި މުބާރާތުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ 1 އިން ހޯދީ ކުޅުނު ފަސް މެޗުންވެސް މޮޅުވެގެންނެވެ.

ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު: ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ މި ލީގަކީ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމުގެ މެދުގައި ބޭއްވުނު ވާދަކުރުމެކެވެ. މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ކުރިއަށްދިޔަ މި ލީގުގައި އެޗްޑީސީ ތަމްސީލުކުރީ އަޙްމަދު މުޙައްމަދާއި ޝަމާއިލް ޙުސައިން އެކަންޏެވެ. މި ޕެއާއިން ވަނީ ލީގުގައި ކުޅުނު ފަސް މެޗުންވެސް މޮޅުވެ، ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ.

ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް: ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމުގެ މެދުގައި ނޮވެންބަރު 18 ވަނަ ދުވަހު މާލޭ ބީޗް ވޮލީ ކޯޓުގައި ބޭއްވި މި މުބާރާތުގައިވެސް ކޯޕަރޭޝަން ތަމްސީލުކުރީ އަޙްމަދު މުޙައްމަދާއި ޝަމާއިލް ޙުސައިންނެވެ. މި މުބާރާތުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ، މުބާރާތުގެ ތަށި މި ދެ ކުޅުންތެރިން ވަނީ އުފުލާލާފައެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، މިފަދަ ކުޅިވަރުތަކުގެ ތެރެއިން ކުރިއަށްދިއުމަށް މުވައްޒަފުންނަށް ހިތްވަރުދީ، އެކަމަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ