އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ރައީސްގެ މަގާމަށް ބަހްރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހީމް އަލް ޚަލީފާ އިންތިޚާބުވެވަޑައިގެންފިއެވެ.
ގަލްފް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ކޮންގްރެސްގައި 2027 ވަނަ އަހަރާ ހަމައަށް އޭއެފްސީގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކޮށް، އޭއެފްސީން ފީފާ ކައުންސިލުގައި ތަމްސީލުކުރާނެ މެންބަރުންވެސް ވަނީ ކަނޑައަޅައިފައެވެ.
ޝެއިހު ސަލްމާން ދަނީ މިވަގުތުވެސް ފީފާގެ ނައިބު ރައީސްގެ މަގާމުވެސް ފުރުއްވަމުންނެވެ.
އޭއެފްސީގެ ރައީސް ކަމަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓަކީވެސް ޝެއިހު ސަލްމާނެވެ.
ޝެއިޚް ސަލްމާން ރައީސް ކަމުގެ އިތުރު ދައުރެއް ފައްޓަވާއިރު، އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަަހަރު އޭއެފްސީގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، އޭރުގެ ރައީސް މުޙައްމަދު ބިން ހަންމާމު މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ.



