ގިނަ އަދަދެއްގެ ބަޔަކާއެކު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުގެ ބުންވަރު ހިނގާލުން ފަށައިފިއެވެ. މިއީ ބުރާސްފަތި ދުވަހު އިދިކޮޅުން ފެށި ހޯޕް ކޮންފަރެންސްގެ ތެރެއިން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ކުރިއަށްގެންދާ ހާއްސަ ހިނގާލުމެކެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅުން ފަށައިފާވާ ހޯޕް ކޮންފަރެންސްގައި އެގާރަސަތޭކަ އަށްވުރެ ގިނަ އެޕާޓީގެ މެންބަރުން ބައިވެރިވެއެވެ.
މިއަދު ކުރިއަށް ގެންދާ ބުންވަރު ހިނގާލުން ފަށާފައިވަނީ މާލޭގައި ހުންނަ ޕާޓީ އޮފީހުގެ ކުރިމަތިންނެވެ.


ބެނާތަކާއެކު ފެށި އެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވާއިރު، އެމީހުން އަންނަނީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވައިލަމުންނެވެ.



