އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނެ ހަމައެކަނި ފަރާތަކީ އެޕާޓީގެ ރައީސް، ރައީސް ޔާމީނު ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާަޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން އާޓިފިޝަލް ބީޗުގައި ބޭއްވި “ދުއްޕާން” ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ “ދޫންޏަކަސް” އަދި “ބާޒަކަށް” ވެސް ޕީޕީއެމްގެ ޓިކެޓް ނުލިބޭނެ ކަމަށެވެ.
ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުން އުޅުއްވަނީ ރިޔާސީ ޓިކެޓް ހޯދަން ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވާ މެންބަރު ސައީދު ވިދާޅުވީ، ޕީޕީއެމްގެ ލީޑާޝިޕުން ކުރަމުން ގެންދާ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ކަމަށާއި އެ ނޫން ބޭފުޅަކަށް އެ ޕާޓީގެ ޓިކެޓެއް ނުލިބޭނެ ކަމަށެވެ.
ސައީދު ވިދާަޅުވީ މިވަގުތު އޭނާވެސް ހުންނެވީ އިދިކޮޅު ހިންގުވުމާއި ހަވާލުވެގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ފަހަތްޕުޅުގައި ކަމަަށެވެ.
ސައީދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ މަސައްކަތް ހުއްޓާލާނީ އެ ޕޯޑިއަމް އަދި ރާއްޖޭގެ ވެރިކަމަށް ރައީސް ޔާމީނު ގެނައުމަށް ފަހު ކަމަށެވެ.



