- Advertisement -ad image

ލިބުނު އަނިޔާތަކަށް އިތުރު ފަރުވާދިނުމަށް ޗެނަލް13 ނޫސްވެރިޔާ ލަންކާއަށް ގެންދަނީ

ad image

ގުޅުންހުރި ލިޔުންތައް


ޗެނަލް13ގެ ނޫސްވެރިޔާ ހަސަން ޝަހީދަށް މިއަދު މުޒާހަރާގައި ލިބުނު އަނިޔާތަކުގެސަބަބުން، ހާލު ސީރިއަސްވެ، އިތުރު ފަރުވާދިނުމަށް ސްރީލަންކާއަށް ގެންދިއުމަށް އާއިލާއިން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ ބަޔާން އިއްވި ޖަލްސާ އާއި ދިމާކޮށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާ ކަވަރު ކުރަމުން ދިޔަ ޗެނަލް13 ގެ ނޫސްވެރިޔަކަށް އަނިޔާވެ، އައިސީޔޫގައި ފަރުވާ ދޭން ފެށީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މުޒާހަރާ ކޮންޓްރޯލު ކުރުމަށް އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވިއިރު، އެމީހުން ވަނީ ބައިވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ.

ނޫސްވެރިޔާ އަނބުރާގަނެގެން ވެއްޓުނީ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންނެވެ. އެވަގުތު އެތަނުގައި ތިބި މީހުން ވަނީ ޝަހީދު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ