- Advertisement -ad image

ބިންހެލުން: އަޖައިބު ކުރަނިވި ގޮތަކަށް 17 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ތުރުކީ ސީރިއާ އަށް މިމަހުގެ ހަ ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުންތަކުގައި ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ދަނީ ކޮންކްރީޓް ގާ ތަކުގެ ދަށުން ސަލާމަތް ކުރަމުންނެވެ.
މީގެ ތެރޭގައި ދިރިތިބި މީހުންނާއި މަރުވެފައިވާ އެތައް ބައެއްގެ ހަށިގަނޑުވެސް ނަގައެވެ.
ހުކުރު ދުވަހުވެސް ވަނީ އަޖާބު ކުރަނިވި ގޮތަކަށް 17 އަހަރުގެ އަންހެން ކުއްޖަކު ސަލާމަތްކޮށްފައެވެ. މުޅިން ހަލާކުވެފައިވާ ތުރުކީ
ގެ އަންޓަކިޔާ ސިޓީގެ ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މި އަންހެން ކުއްޖާ ސަލާމަތް ކުރެވުނީ ކިހިނެއްކަން ގަބޫލުކުރަން ދަތި ކަމަށް ރެސްކިއު ޓީމުން ހާމަކުރެއެވެ.
ވެއްޓިފައިވާ އިމާރާތްތަކުގައި އަދިވެސް އެތައް ބަޔަކު ތާށިވެފައި ތިބޭނެ ކަމަށް ލަފާކުރެވޭއިރު އެމީހުން ސަލާމަތް ކުރެވޭނެ ގޮތްތައް ނެތް ކަމަށް ބައެއް ޓީމުތަކުން ދަނީ ބުނަމުންނެވެ.

ތުރުކީ ސީރިއާ ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 45 ހާހުން މައްޗަށް އަރައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ