Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

އެމެރިކާގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 1991 ގެ ފަހުން ރެކޯޑު މިންވަރަކަށް މައްޗަށް

ad image

ގުޅުންހުރި ލިޔުންތައް

އެމެރިކާގައި މިއަހަރުގެ މިހާތަނަށް 5,182 މީހުންނަށް ހިމަބިހި (މީޒަލްސް) ޖެހިފައިވާ ކަމަށް އެ ގައުމުގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކޮށްފިއެވެ. މިއީ 1991 ވަނަ އަހަރުގެ ފަހުން އެ ގައުމުގައި އެއް އަހަރު ތެރޭ މި ބަލި ޖެހުނު މީހުންގެ އަދަދު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ.

ސީޑީސީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބަލިޖެހުނު މީހުންގެ ބޮޑު އިންސައްތައަކީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނެވެ. އެގޮތުން ފަސް އަހަރުން ދަށުގެ ކުދިން 18 އިންސައްތަ ހިއްސާކުރާއިރު، ފަސް އަހަރާއި 19 އަހަރާ ދެމެދުގެ ކުދިން 41 އިންސައްތަ ހިއްސާކުރެއެވެ. ޖުމްލަ ގޮތެއްގައި ބަލިޖެހުނު މީހުންގެ 59 އިންސައްތައަކީ ކުޑަކުދިންނެވެ. އަދި ރިޕޯޓުކުރެވުނު ކޭސްތަކުގެ ތެރެއިން 4,993 ކޭހަކީ އެކި ސަރަހައްދުތަކުގައި ބަލި ފެތުރިގަތުމާ (އައުޓްބްރޭކް) ގުޅުންހުރި ކޭސްތަކެވެ.

މި އަހަރު ފެނުނު ކޭސްތަކުގެ އަދަދު 2025 ވަނަ އަހަރު ރިޕޯޓުކުރި 2,289 ކޭހާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރެވެ. ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި ބަލި ފެތުރުން އިތުރުވެފައިވަނީ ކިންޑަގާޓަން ކުދިންގެ ވެކްސިން ޖެހި ނިސްބަތް 2019-2020 ވަނަ އަހަރު 95.2 އިންސައްތައިގައި ހުރުމަށްފަހު، 2025-2026 ވަނަ އަހަރު 92.4 އިންސައްތައަށް ދަށްވުމާ ގުޅިގެންނެވެ.

މި ބަލީގައި މަރުވި މީހުންގެ އަދަދު ކަނޑައެޅުމުގައި އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓާއި ފެޑެރަލް ސަރުކާރާ ދެމެދު ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. އެންމެ ބޮޑަށް ބަލި ފެތުރުނު ޕެންސިލްވޭނިއާ އިން 1,487 ކޭހާއި ހަ މަރު ރިޕޯޓުކޮށްފައިވީ ނަމަވެސް، ސީޑީސީން އެ އަދަދުތައް ހިމަނާފައިވަނީ މަދުންނެވެ. ހިމަބިހި ޖެހިގެން މަރުވާ މީހުން ކަނޑައަޅާނެ މިންގަނޑަކާ މެދު ސީޑީސީން މިހާރު ދަނީ އެޕިޑެމިއޮލޮޖިސްޓުންނާ އެކު މަޝްވަރާކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އަދި ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، ވެކްސިނާ މެދު އުފެދޭ ޝައްކުތަކާއި ސިއްހީ ޚިދުމަތް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މި ބަލި ދަނީ އިތުރުވަމުންނެވެ. އަދި އެއް ސަރަހައްދެއްގައި ވެކްސިން ޖަހާ ނިސްބަތް ދަށްވުމަކީ ދުރުގައި ތިބޭ މީހުންނަށް ވެސް އޮތް ނުރައްކަލެއް ކަމަށް މާހިރުން އިންޒާރުދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ