ތުރުކީ ސީރިއާ އަށް ރޭ ބިންހެލުމުގެ އިހުސާސްވާން ފެށުމުން ސަލާމަތް ހޯދުމަށް އެދި އެތައް ބަޔަކު އިމާރާތްތަކުން މަގުތައް މައްޗަށް ފުންމާލި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ކޮދަރު ބުނީ “ ބައެއް މީހުން ހަގީގަތުގައި ބެލްކަނިތަކުން ފުންމާލީ”
ކޮދަރު ބުނީ މިމަހުގެ ހަ ވަނަ ދުވަހުގެ ބިންހެލުމުގައި އަނިޔާވި ގިނަ ފަރާތްތަކަށް އަދިވެސް ހޮސްޕިޓަލުތަކުގެ އެމަރޖެންސީގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
އެހެންކަމުން އިތުރަށް އަނިޔާވެ ޒަހަމްވި މީހުންނަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.