ޏ ފުވަށްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށިވިއްކަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކުގައި ހިންގަމުންދާ ސްޕާއެއްގައި ހަށި ވިއްކަމުންދާކަމަށް ޕޮލިސް އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ޕޮލިހާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން 04 މާޗް 2023 ގައި ހިންގުނު އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ.
އަދި މި އޮޕަރޭޝަންގަައި ތައިލެންޑަށް ނިސްބަތްވާ 43 އަހަރުގެ އަންހެނަކާއި 36 އަހަރުގެ އަންހެނެއްގެ އިތުރުން 31 އަހަރުގެ ދިވެހި ފިރިހެެނަކު ވަނީ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ދަނީ ފުވައްމުލަކު ސިޓީ ޕޮލިހާއި ހިއުމަންޓްރެފިކިން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުން.