- Advertisement -ad image

ރޭޕް ކޮށްފައިހުރި އަންހެން ކުއްޖަކު ބަނޑުބޮޑުވެ އަމިއްލައަށް ދަރިފުޅު ވިހައި، މަންމައަށް ފޮރުވަން ކުއްޖާ މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މަހާރާޝްތުރާގެ ނާގްޕޫރުގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ ގޭގައި ވިހައި އަލަށް އުފަންވި ކުއްޖާގެ ނޭވާ ހާސްކޮށް މަރާލައިފިއެވެ.
އަދި އެ ކުއްޖާގެ ހަށިގަނޑު އޮތީ ފޮއްޓަކަށްލާ ފޮރުވާފައެވެ.
އާދީއްތަ ދުވަހު ފުރާވަރުގެ ކުއްޖަކު އޭނާގެ ގޭގައި އަލަށް އުފަންވި ދަރިފުޅު މަރާލީ ޔޫޓިއުބް ވީޑިއޯތައް ބަލައިގެން ކަމަށް ފުލުހުން ބުނެއެވެ. އުމުރުން 15 އަހަރުގެ އަންހެން ކުއްޖާއަކީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ކުއްޖެކެވެ.
އެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ސޯޝަލް މީޑިއާގައި އޭނާއާ ރައްޓެހިވި ފިރިހެނަކު ކަމަށް ތުހުމަތު ކުރެވެ އެވެ. އެމީހާއަކީ ރަމޭޝް ތަކުރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ބަނޑުބޮޑުވި އަންހެން ކުއްޖާ އޭނާގެ ބެބީ ބަމްޕް މަންމައަށް ފޮރުވާފައި ވަނީ ސިއްހީ ބައެއް މައްސަލަތައް ދިމާވާ ކަމަށް ބުނެ އެވެ.
އަދި މި ސިއްރު ހިފެހެއްޓުމަށްޓަކައި ޔޫޓިއުބުއިން ހޯމް ޑެލިވަރީ އާއި ގުޅޭ ވީޑިއޯތައް ބަލަން ފެށީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އޭނާގެ ގޭގައި އަންހެން ކުއްޖަކު ވިހެއުމަށްފަހު ވަގުތުން އަލަށް އުފަންވި ކުއްޖާ ނޭވާ ހާސްކޮށް މަރާލިއެވެ. އަދި ކުއްޖާގެ ހަށިގަނޑު ފޮރުވާފައި ވަނީ އޭނާގެ ގޭގައި ހުރި ފޮށްޓަކަށްލާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާ އަންހެން ކުއްޖާގެ މަންމައަށް އެނގުމުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ.
އިންޑިއާގެ ގާނޫނުލް އުގޫބާތާއި ޖިންސީ ކުށްތަކުން ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މައްސަލައެއް ރަޖިސްޓްރީކޮށް، ޕޯސްޓްމޯޓަމް ރިޕޯޓެއް ލިބުމުން އަންހެން ކުއްޖާގެ މައްޗަށް މަރުގެ ދައުވާ އުފުލޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ