- Advertisement -ad image

ރައީސް ޔާމީންގެ ދައުރުގައި ހަދަން ފެށި ފަރެސްމާތޮޑާ އެއަރޕޯޓް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


2018 ވަނަ އަހަރު ކުރީގެ ރައީސް ޔާމީނުގެ ދައުރުގައި ހަދަން ފެށި ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވައިފިއެވެ.
ނަމަވެސް މި އެއަރޕޯޓުގެ މަސައްކަތް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ނިންމާލެވުނީ 5 އަހަރުންނެވެ. މި އެއަރޕޯޓު ހެދުމަށް 144.9 މިލިއަންރުފިޔާ ހަރަދުވެފައިވެއެވެ.
މި މަޝްރޫއަށް ބޭނުންވާ ފައިސާވެސް ހަމަޖެއްސީ 2018 ވަނަ އަހަރު ރައީސް ޔާމީނުގެ ސަރުކާރުންނެވެ.


ފަރެސްމާތޮޑާ އެއާޕޯޓަކީ، ހުވަދުއަތޮޅުގެ 4 ވަނަ އެއާޕޯޓެވެ. ފަރެސްމާތޮޑާ އެއާޕޯޓަކީ، 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދިފައިވާ އަދި ރޭގަނޑުވެސް ފްލައިޓް ޖެއްސޭގޮތަށް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ އެއާޕޯޓެކެވެ. އަދި މިއެއާޕޯޓުގެ ޕެސެންޖަރ ޓަރމިނަލަކީ، ދިވެހިރާއްޖޭގެ ރަށްތަކުގެ މަލަމަތިން ފެންނަ އޮޑިހަރުގެ ދައްކުވައިދޭގޮތަށް، އަދި ތިމާވެށްޓާއި ރައްޓެހިގޮތްތަކަށް ބަލައިގެން ފަރުމާކޮށް ތަރައްޤީކޮށްފައިވާ ޓަރމިނަލެކެވެ. މީގެ އިތުރުން އެހެން އެއާޕޯޓުތަކާއި މިއެއާޕޯޓު ތަފާތުވާ އަނެއް ކަމަކީ، މީހުން ފުރުވަންދާ ފަރާތްތަކަށްވެސް، މަތިންދާބޯޓަށް މީހުން އަރާމަންޒަރު ފެންނާނޭހެން އެއާޕޯޓުގެ ޓަރމިނަލް ފަރުމާކޮށްފައިވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ