- Advertisement -ad image

ބާރުގަދަ ބިންހެލުމެއްގެ އަސަރު އަފްގާނިސްތާން، އިންޑިއާ އަދި ޕާކިސްތާނަށްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ބާރުގަދަ ބިންހެލުމެއްގެ އަސަރު އަފްގާނިސްތާން، އިންޑިއާ އަދި ޕާކިސްތާނަށް ކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރަން ފަށައިފިއެވެ.
އެގޮތުން އަލްޖަޒީރާއިން ބުނީ ބިންހެލުމުގެ އަސަރު ކޮށްފައިވާ މި ތިން ގައުމުގެ މަގުތަކަށް މީހުން ނިކުމެ ތިބީ ވަރަށް ކަންބޮޑުވުމާއެކު ކަމަށެވެ.
ޕާކިސްތާނުގެ މީޓްރޮލޮޖިކަލް ޑިޕާޓުމަންޓުން ބުނީ މިބިންހެލުން ރިކޯރޑް ކުރެވިފައިވަނީ 6.8 މެގްނިޓިއުޑުގައި ކަމަށެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ރެކޯރޑްކޮށްގައިވަނީ މި ބިންހެލުން ތަންކޮޅެއް ދަށްކޮށެވެ. އެއީ 6.5 މެގްނިޓިއުޑުއަށެވެ. ޔޫއެސްޖީއެސް އިން ބުނީ ބިންހެލުން އައިސްފައިވަނީ އަފްޣާނިސްތާނުގެ ޖުރްމް ޓައުންގެ އިރުދެކުނު ދެކުނުން 40 ކިލޯމީޓަރު (25 މޭލު) ދުރުގައި، ޕާކިސްތާނާއި ތަޖިކިސްތާނާ ބޯޑަރުތަކާ ކައިރިން ކަމަށެވެ.
މިހާތަނަށް މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުމެއް ލިބިފައިވާކަން ކަމާބެހޭ އެއްވެސް މަސްދަރަކުން ހާމައެއް ނުކުރެއެވެ.

މިދިޔަ އަހަރު އައި ބިންހެލުމެއްގައި އަފްގާނިސްތާނުން ހާހެއްހާ މީހުން މަރުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ