ޢުމްރާވެރިން ތަކެއް ގޮވައިގެން ދަތުރުކުރި ބަހެއް ބްރިޖެއްގައި ޖެހި 20 މީހުން މަރުވެއްޖެއެވެ. ސައުދީގެ އަގަބަތް ޝަރާރްގައި ހިނގި މި އެކްސިޑެންޓްގައި 29 މީހަކަށް ވަނީ ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
ސައުދީގެ ނޫސްތަކުން ބުނާ ގޮތުން މި އެކްސިޑެންޓް ހިނގާފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ އެކްސިޑެންޓް ހިނގީ ޢުމްރާވެރިން ގޮވައިގެން ދަތުރުކުރި ބަހުގެ ބްރޭކް ފެއިލްވެ ވެގެން ގޮސް ބްރިޖެއްގައި ޖެހިގެންކަމަށް ސައުދީގެ ނޫސްތަކުން ބުނެއެވެ. އަދި ބްރިޖުގައި ޖެހުމާއި އެކު ބަސް ފުށުން ޖެހި އޭގައި އަލިފާން ހިފިކަމަށްވެސް މަންޒަރު ދުށް މީހުންނާއި ހަވަލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.
މިއަހަރު ރަމަޟާންމަހު އުމުރާ ކުރުމަށް ގިނަ އަދަދެއްގެ ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައުދީއަރަބިއްޔާ އަށް ގޮސްފައިވެއެވެ.