- Advertisement -ad image

ހިރާސް ބަދިގެ: މޫން ބްރެޑް

ad image

ގުޅުންހުރި ލިޔުންތައް

ރެސިޕީ: އައިމިނަތު ދީމާ ހާމިދު

މޫން ބްރެޑް
ބޭނުންވާ ތަކެތި:
1 ފިޔާ
2 ލޮނުމެދު
200 ގުރާމް ކައްކާފައި ޝްރެޑް ކޮށްލާފައި ހުރި ކުކުޅު
ރަހަލާވަރަށް ލޮނުކޮޅެއް
1 މޭޒުމަތީ ސަމުސާ އަސޭމިރުސް
½ މޭޒުމަތީ ސަމުސާ ތަންދޫރީ ނުވަތަ ޓިކާ މަސާލާ ޕައުޑަރ (ބޭނުންނަމަ)
1 މޭޒުމަތީ ސަމުސާ ބަޓަރ
1 މޭޒުމަތީ ސަމުސާ ފުށް
½ ޖޯޑް ކިރު
1 މިރުސް
ޕާން ފޮތިތަކެއް
ބިސް އަދި ޕާން ކުނޑި ބޭރުގައި ހާކާލުމަށް
ހަދާނެ ގޮތް:
ތަވާ އުނދުންމައްޗަށް އުދުމަށްފަހު ތެޔޮކޮޅެއް އަޅައި ހޫނުވުމުން ފިޔާ ލޮނުމެދު އެޅުމަށްފަހު ފިޔާކޮޅު މިލުމުން ކޮށާލާފައި (ޝްރެޑް) ކޮށްފައި ހުރި ކުކުޅު ކޮޅު އަޅާ ކުޑައިރުކޮޅެއް ވަންދެން ކައްކާލާށެވެ. ލޮނު، މިރުސް، އަސޭމިރުސް، އަދި މަސާލާ ކޮޅު އެޅުމަށްފަހު އެއްކޮށްލާށެވެ. ދެން މިނެޓެއް ވަންދެން އުނދުން މަތީ ބަހައްޓާލާށެވެ. ކުކުޅު ކޮޅު ތެރެއަށް ބަޓަރ، ފުށް އަދި ކިރުކޮޅު އަޅާ ރަނގަޅަށް އެއްވުމުން އުނދުން ނިއްވާލާށެވެ.
ޕާންފޮތި ރީއްޗަށް ދަމާލުމަށްފަހު ވަށްކޮށް ކަފާލާށެވެ. ޕާންފޮތި ވަށާ އަތުން ފެންކޮޅެއް އުނގުޅާލާށެވެ. ދެން ކުކުޅު ކޮޅު އޭގެ ތެރެއަށްލުމަށްފަހު މެދުން ބައި ކޮށްލާށެވެ. ދެން ބިސްކޮޅާއި ފާރޮށި ކުނޑި ކޮޅު ހާކާލުމަށްފަހު މަޑުގިނީގައި ތެލުލާށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ