ލިޔުނީ: މަރްޔަމް އަދީލާ
ބޭނުންވާތަކެތި
ބެލް ޕެޕަރ
ކައްކާފައި ހުރި ބަތް
ތަރުކާރީގެ ބާވަތްތައް
ލޮނުމެދު
އޮލިވްއޮއިލް
ތައްޔާރުކުރާނެ ގޮތް
ތަވައެއްގައި ލޮނުމެދު އަދި ތަރުކާރީކޮޅު މީރުކޮށްލާށެވެ. ދެން ތަރުކާރީކޮޅުގެ ތެރެއަށް ބަތްކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ބެލްޕެޕަރގެ ތަނޑު އިންނަ ބައި ވަށްކޮށް ބުރިކޮށްލުމަށްފަހު އެތެރޭގައި ހުރި އޮށްތައް ސާފުކޮށްލާށެވެ. ދެން ބެލްޕެޕަރގެ ތެރެއަށް ތަރުކާރީ ބަތް އެޅުމަށްފަހު ތަވައެއްގައި މަޑުގިނީގައި މަތިޖަހައިގެން ފިހެލާށެވެ.
ފައިދާ
ވިޓަމިންސް އިން މުއްސަނދިވެފައިވުން
ހަށިގަނޑަށް ބޭނުންވާ މާއްދާތައް ހަމަހަމަކޮށްދޭ ކެއުމެއް



