- Advertisement -ad image

ވެމްކޯގެ ޓްރާންސްފަރ ސްޓޭޝަންގެ ހުރިހާ މަސައްކަތެއް ނިންމީ ރައީސް ޔާމީނުގެ ދައުރުގައި: ތާރިގު

ad image

ގުޅުންހުރި ލިޔުންތައް

ވެމްކޯގެ ޓްރާންފަރ ސްޓޭޝަންގެ ހުރިހާ ޑިޒައިން ޑިވަލަޕްމަޓް ކުރެހުންތަކާ ވާކް ޕްރޮސެސްތައް ތައްޔާރުކޮއް ނިންމާފައިވަނީ ކުރީގެ ރައީސް ޔާމީންގެ ދައުރުގައި ކަމަށް ކުރީ އެންވަޔަރމަންޓް މިނިސްޓަރ ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތާރިގު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަސައްކަތަށް ފައިނޭސް ހޯދާ ފަވާނީ ވެސް ރައީސް ޔާމީންގެ ހިންގުންތެރި ވެރިކަމުގައި ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މިނާގާބިލް ސަރުކާރު ނިމޭއިރު މިމުހިއްމު މަސަތްކަތް ނިންމާ ނުލެވުނު ކަމަށް ތާރިގު ވިދާޅުވިއެވެ.

ތާރިގު މިހެން ވިދާޅުވީ މާލެ ސަރަހައްދުން ތިލަފުއްޓަށް ކުނި ގެންދިޔުމަށްޓަކައި އިންޑަސްޓްރިއަލް ޒޯނުގައި އަޅާ ވެމްކޯގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް އަންނަ ޖުލައި މަހަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެންވަޔަރަމަންޓު މިނިސްޓަރ ވިދާޅުވުމާއި ގުޅިގެންނެވެ.
ވެމްކޯ އިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ، ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އެންޑް އިނޖިނިއަރިން (ސީއެސްސީއީސީ) އަށް 14 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މިއީ 184 މިލިއަން ރުފިޔާ (11.97 މިލިއަން ޑޮލަރު) ގެ ޕްރޮޖެކްޓެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ