- Advertisement -ad image

މާބަނޑު މީހުން ރޯދައަށް ހުންނައިރު ވިސްނަންވީ މިކަންކަމަށް!

ad image

ގުޅުންހުރި ލިޔުންތައް


މާބަނޑު ދުވަސްވަރު ރޯދަ ހިފުމުން އެއްވެސް ނުރައްކަލެއް އެބައޮތް ހެއްޔެވެ؟
މާބަނޑު ދުވަސްވަރު ރޯދަ ހިފުމަކީ މަންމައަށާއި ބަނޑުގައިވާ ދަރިފުޅަށް ގެއްލުންވާ ކަމެއް ކަމަށް ބުނަން އެކަށީގެންވާ ހެކި ލިބިފައެއް ނުވެއެވެ.

ބަލިވެ އިނދެ ނުވަތަ ގާތުން ކިރުދޭ މީހެއްނަމަ ތިމާގެ ސިއްހަތް ނުވަތަ ބަލިވެ އިނުމާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ހުރިނަމަ، ތިމާގެ ހާލަތާއި ގުޅޭގޮތުން ޑޮކްޓަރާ މަޝްވަރާ ކުރަން ޖެހޭނެއެވެ.
ރޯދަ ވީއްލާއިރު ކެއުމުގައި ހިމަނަންޖެހޭ ކާނާތައް:
ފައިބަރު ގިނައިން ހުންނަ ކާނާ ކަމަށްވާ ސީރިއަލް، ހޯލް ގްރެއިން އަދި ގާތްގަނޑަކަށް ހުރިހާ މޭވާއެއް
ކަދުރު، ކިރު އަދި ތެޔޮ މަސް
އޭގެ ތެރޭގައި ދަގަނޑު ހުންނަ ކާނާ، ގަދަ ފެހިކުލައިގެ ފަތް ހުންނަ ތަރުކާރީ، ޕަލްސް، މުގު، ބިސް އަދި ހިއްކި މޭވާ ފަދަ ތަކެތި
ރޯދަވީއްލާއިރު ދުރުހެލި ވާންވީ ކާނާތައް:
ތެލުލި ކާނާ އާއި ސަރުބީ ގިނަ ކާނާ
ގިނައިން ޕްރޮސެސްކޮށްފައިވާ އަދި ހަކުރު ގިނައިން ހުންނަ ކާނާ ކަމަށްވާ ކޭކާ، ފޮނި ކާނާ އަދި ހުދު ޕާން

ރޯދަ ނުހިފާ ގަޑިތަކުގައި ގިނައިން ފެންބުއިމަކީ ފެންމަދުވުން، ކުޑަކަމުދާ ތަކެތީގައި އިންފެކްޝަން އަދި ލޭގަނޑުވުމުން ރައްކާތެރިވުމަށް މުހިންމު ކަމެކެވެ. ކަރުހިއްކުން ނުވަތަ ކުޑަކަމުދާ ތަކެތި ރަތްވުމަކީ ފެން ފެން މަދުވުމުގެ އަލާމާތެކެވެ. މިހެން ދިމާވެއްޖެނަމަ ރޯދަ ދޫކޮށްލާ އަދި ގިނައިން ފެންބޯށެވެ.
ރޯދަވީއްލުމަށްފަހު ދެ ގަޑިއިރު ފަހުން ކަސްރަތު ކުރާށެވެ. ހިނގާލުން ފަދަ ލުއި ހަރަކާތްތަކުގައި ބައިވެރިވެވިދާނެއެވެ.
ކޮންމެ ދުވަހަކުވެސް ތުއްތު ކުއްޖާގެ ހަރަކާތްތައް އިހުސާސްކުރަމުން ގެންދިއުމަކީ މުހިންމު ކަމެކެވެ. ހަރަކާތްތަކާއި މެދު ކަންބޮޑުވާނަމަ ދެން ޑޮކްޓަރަށް ދައްކާ ނުވަތަ އިމަރޖެންސީ ރޫމަށް ދާށެވެ.
މައުލޫމާތު ހިއްސާ ކުރީ: އަންހެނުންގެ ހާއްސަ ޑޮކްޓަރ (ޑރ އައިމިނަތު ނުސްރާ)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ