- Advertisement -ad image

ކުނިއަޅާ ކޮތަޅު ވެމްކޯއިން ވިއްކަނީ

ad image

ގުޅުންހުރި ލިޔުންތައް


މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ކުނި އަޅާ ކޮތަޅު ވިއްކަން ފަށާނެ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ވެމްކޯއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަކޮށް ކުނިއަޅާ ބަންދުކުރުމަށް ބޭނުންކުރާނެ ކޮތަޅު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި 27 އޭޕްރީލް ވާ ބުރާސްފަތި ދުވަހުން ފެށިގެން އެ ކޯޕަރޭޝަނުން ބިންލައިނަރ ވިއްކަން ފަށަން ވަނީ ނިންމާފައި ކަމަށެވެ.
އެގޮތުން އެ ކޯޕަރޭޝަނުގެ ފަރާތުން ފޯރުކޮށްދޭން މަޝްވަރާކޮށްފައިވަނީ ކަޅު އަދި ފެހި ކުލައިގެ ތިން (3) ސައިޒެއްގެ ކޮތަޅެވެ.
އެއީ 1117، 1827، 36*48 އިންޗީގެ ކޮތަޅެވެ. މިގޮތުގެ މަތިން ކުނި އުކާލުމުގައި، ކުނިވާ ޒާތުގެ ކުނި ނުވަތަ އަމިއްލައަށް ފަނާވެދާ ޒާތުގެ ކުނި ފެހި ކޮތަޅުގައި ބަންދު ކުރުމަށާއި އަދި އެހެނިހެން ކުނި ކަޅު ކޮތަޅުގައި ބަންދުކުރުމަށް ވެމްކޯއިން އެދެއެވެ.

އެގޮތުން، ތައާރަފު ކުރެވޭ ކޮތަޅު އެ ކޯޕަރޭޝަނުގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކުގެ ކަސްޓަމަރ ފްރަންޓް އޮފީސް ތަކުން، ލިބެން ހުންނާނެ ކަމަށް ވެމްކޯއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ