- Advertisement -ad image

ރައީސް ޔާމީން މިނިވަންވެވަޑައިގެން ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކޮށްދެއްވާނެ: ޑރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީން މިނިވަންވެވަޑައިގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކާމިޔާބު ހޯއްދަވާ މިގައުމު ވެއްޓިފައިވާ އަނދަވަޅުން ނަންގަވާ ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދެއްވާނެ ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިގޮތަށް ވިދާޅުވީ ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ދޮގުކުރައްވާ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
މޭޔަރު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް، ރައީސް ޔާމީނު ކަމަށެވެ.
“ މިއާ ހިލާފަށް އަޅުގަނޑާ ބެހޭގޮތުން ސޯޝަލްމީޑިއާގައި ދައުރު ކުރަމުންދާ ހަބަރަކީ ހަގީގަތެއް ނޫން. ހަބަރެއް އިވުމުން އެ ހަބަރެއްގެ ތެދު ދޮގު ނުބަލާ ފެތުރުމަކީ ފިތުނަވެރިކަމެއް “ މުއިއްޒު ވިދާޅުވިއެވެ.
މޭޔަރު އިތުރަށް ވިދާޅުވީ، ދޮގު ހަބަރުތައް ނުފެތުރުމަށް އެކަން ކުރަމުންދާ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަަށް މުއިއްޒު ކެމްޕެއިން ކުރައްވަމުން ގެންދަވާ ކަމަށް ބައެއް މީޑިއާތަކުން ދަނީ ހަބަރުތައް ފަތުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ