- Advertisement -ad image

ޕެންޝަން ފަންޑުގެ ދަށުން ހައްޖަށް ގެންދަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕެންޝަން ސްކީމްގެ ދަށުން 1444 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ޕެންޝަން އޮފީހުން ހުޅުވާލައިފިއެވެ.
ޕެންޝަން އޮފީހުން ކުރި އިއުލާނެއްގައި ބުނީ ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ގެ ދަށުން، 1444 ވަނަ އަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަމަށެވެ.
އަދި މިގަވާއިދުގެ ދަށުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ ޕެންޝަން އޮފީހާއިއެކު އެއްބަސްވުން ޤާއިމްކޮށްފައިވާ ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ވީމާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިޢުލާނުގެ ދަށުން 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުން ޤާއިމުކޮށް ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން 2023 މޭ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީ ނުވަތަ އީމެއިލް [email protected] މެދުވެރިކޮށް އެ އޮފީހަށް އެކަން އެންގުމަށް އެދެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ