މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ރައީސް ޔާމިންގެ ރިޔާސީ ކެމްޕެއިންގެ ދަތުރުތައް ފެށުމުގެ ގޮތުން މި އަންނަ ހަފްތާގައި އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން އަތޮޅުތެރެއަށް ވަޑައިގަންނަވާނެކަން ހާމަކޮށްފި އެވެ.
އެކަން ހާމަކުރައްވާފައި ވަނީ ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި އިދިކޮޅު ކޯލިޝަން ވަގުގީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުالله އެވެ.
އަބްދުއްރަޙީމް ވިދާޅުވީ މިއަދު އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައިވަނީ ރައީސް ޔާމީންގެ ރިޔާސީ ކެމްޕޭނުގެ މަސައްކަތްތައް ކަމަށެވެ. އޭނާ ވިދާޅުވީ ކެމްޕޭނު ދަތުރަށް ކުރިއަށް ގެންދާނެ ގޮތާއި ގުޅޭގޮތުން މިހާރު ލީޑަރޝިޕްގެ މެދުގައި މަޝްވަރާތައް ވެސް ކުރެވިފައިވާ ކަމަށެވެ.
ރައީސް ޔާމިނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓުކަމަށް ނިންމާފައިވަނީ އިދިކޮޅު އިއްތިހާދުގެ ޖޮއިންޓް ކައުންސިލްގެ އިއްތިފާޤުނންނެވެ. އަދި އެކަމަށްޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގެ ތެރެއިން އެމަނިކުފާނަށް ރިޔާސީ ޓީކެޓު ރަސްމީކޮށް ވަނީ ހަވާލުކުރައްވާފައެވެ.