- Advertisement -ad image

ޗެކް ރިޕަބްލިކުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރުގެ ފަތްކޮޅު ރައީސަށް އަރުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ޗެކް ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ޑރ. އެލިސްކާ ޒިގޯވާ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.
މިރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެގޮތުން މިބައްދަލު ކުރެއްވުމުގައި ރައީސް ޗެކްރިޕަބްލިކް އާ ސަފީރު މަގާމާއި ޙަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.

މިއަހަރަކީ، ޗެކް ރިޕަބްލިކްއާ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 30 އަހަރު ފުރޭ އަހަރެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭ ގޮތުންވެސް ވެސް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖެއިން ފޮރިން އިންވެސްޓްމެންޓްތަކަށް އެކި ދާއިރާތަކުން ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށާއި، ޗެކްރިޕަބްލިކްގެ އިންވެސްޓަރުންނަށްވެސް ރާއްޖޭގައި އިންވެސްޓްކުރުމަށް ފުރުސަތު އޮތް ކަމަށެވެ.

އަދި ދެބޭފުޅުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި، ފަތުރުވެރިކަމާއި، ސިއްހީ ދާއިރާ އަދި ތިމާވެއްޓާއި، މަތީ ތައުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ