ހުޅުމާލެ ނިރޮޅުމަގުން ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ރޭ 20:52 އެހާއިރު ކަމަށެވެ. މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ނަމަވެސް ޕާކްކޮށްފައި ހުރި ހަ ސައިކަލާއި އެއް ބައިސްކަލަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.