އިންސާނާގެ މެދު އުމުރުގެ ގޮތުގައި މިހާރު ބަލަނީ 55 އަހަރުން މަތިކަމަށް ދާދި ފަހުން ހެދި ދިރާސާއެއްގައި ބުނެފި އެވެ.
އުމުރާއި ގުޅޭގޮތުން މީގެކުރިން ވެސް މިފަދަ ދިރާސާތައް ހަދާފައި ވެއެވެ. އޭރުގައި ހެދި ދިރާސާތަކުގައި ވާގޮތުން މެދު އުމުރަކީ 36 އަހަރުން މައްޗެވެ. އެހެންނަމަވެސް އެންމެ ފަހުން 50 އަހަރުން މަތީގެ އެއް ހާސް މީހުން ބޭނުންކޮށްގެން ހެދި މި ދިރާސާއަށްފަހު ވަނީ 70 އަހަރުން މަތިވުމުން ނޫނީ މިހާރު މުސްކުޅި އުމުރަށްވެސް ނުވާކަމަށް ބުނެފަ އެވެ.
މި ދިރާސާގައި ވާގޮތުން އެމީހެއްގެ މެދުއުމުރު ނިންމާފައިވަނީ ވިސްނުމަށް ބަލާފައެވެ. އަދި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން 7 މީހުންވަނީ 50 އަހަރުން މައްޗަކީ މެދު އުމުރުކަމަށް ބުނެފަ އެވެ. މިގޮތަށް ދިރާސާގައި ބުނި ނަމަވެސް ގިނަ ޤައުމުތަކުގައި އަދިވެސް މުސްކުޅި އުމުރަށް ބަލަނީ 65 އަހަރުން މައްޗެވެ.
އޮންލައިން ކޯސްއެއް ކަމަށްވާ ލަވް ޓު ލާންގެ ޑިރެކްޓަރ ގިލް ޖެކްސަން ވަނީ ކުރިއަށް އޮތްތަނުގައި އަދިވެސް މި އުމުރަށް ތަފާތު އަންނާނެކަމަށް ބުނެފަ އެވެ. އަދި މުސްކުޅި އުމުރަށް ދާ ގިނަ މީހުންނަށް އަދިވެސް ޅަ އުމުރުގައި ހިނގާފައި ހުންނަ ކަންކަން ހަނދާނުގައި ހުންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.




[…] އުމުރާއި ގުޅޭގޮތުން މީގެކުރިން ވެސް މިފަދަ ދިރާސާތައް ހަދާފައި ވެއެވެ. އޭރުގައި ހެދި ދިރާސާތަކުގައި ވާގޮތުން މެދު އުމުރަކީ 36 އަހަރުން މައްޗެވެ…. އިތުރަށް ވިދާޅުވޭ […]