މާލޭގެ ގެއެއްގެ ތެރޭގައި ރަހީނުކޮށްފައި ތިބި ދިވެހި 3 ފިރިހެނުން ފުލުހުން ގޮސް ސަލާމަތްކޮށްފިއެވެ.
ފުލުހުން ބުނީ ހެންވޭރު އަބަދަށް އުފާމަގުގައި ހުރި ގެއެއްގައި ބަޔަކު ރަހީނުކޮށްފައި ތިބި ކަމަށް މިއަދު ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެތަނަށް ގޮސް ބާރުގެ ބޭނުންކޮށްގެން އެތަނުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.
އަދި ރަހީނުކޮށްފައި ތިބި ދިވެހި ތިން ފިރިހެނުން ސަލާމަތް ކޮށްފައިވާ ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާކޮށްފައިވާތީ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
މިމައްސަލަ އާއި ގުޅިގެން ދިވެހި ފިރިހިނެއްގެ އިތުރުން 18 އަހަރުން ދަށުގެ ފިރެހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.