ޕާކިސްތާނުގެ ބިލިއަނަރުގެ ދަރިފުޅު ސްލެއިމާން ދާއޫދު ސަބްމެރިންގައި ޓައިޓޭނިކް ބަލަން ދާން ބޭނުން ނުވި ނަމަވެސް ކަނޑުގެ އަޑިއަށް ދިޔައީ ބައްޕަގެ އެދުމުގެ މަތިން ބައްޕަގެ އުފަލަށް ކަމަށް އާއިލާއިން ބުނެފިއެވެ.
އެންބީސީ ނިއުސްއާ ވާހަކަ ދައްކަމުން ޕާކިސްތާނުގެ ވިޔަފާރިވެރިޔާ ޝަހުޒާދާ ދާއޫދުގެ ދޮށީ ކޮއްކޮ ބުނީ އެ ދަތުރު ދާންޖެހުމުން ސްލައިމާން ހުރީ “މުޅިން ހިތްދަތިވެފައިވާ” ކަމަށެވެ. އަދި އޭނާ އެ އެކްސްޕެޑިޝަންގައި ބައިވެރިވީ ޓައިޓެނިކް އަށް ލޯބިކުރާ އޭނާގެ ބައްޕައަށް އެއީ މުހިންމު އެކްސްޕެޑިޝަނަކަށް ވާތީ ކަމަށެވެ.
އެމެރިކާގެ ކޯސްޓްގާޑުން ބުނީ ސަބްމެސިބަލްގެ ބައިތައް ފެނިފައިވަނީ ޓައިޓެނިކް ބޯޓުގެ 1،600 ފޫޓު (488 މީޓަރު) ދުރުން ކަމަށެވެ.
ފަސް މީހުންނާއިއެކު ގެއްލުނު ސަބްމެރިން ކަނޑުގެ އަޑިއަށް ދިޔައިރު އޭގައި ހުރީ 96 ގަޑިއިރުގެ އޮކްސިޖަން އެވެ. ސަބްމެރިން ގެއްލުނީ އާދީއްތަ ދުވަހުއެވެ.
ސަބްމެރިން އަށް ކަނޑުގެ އަޑީގައި ދިމާވީ ކޮން މައްސަލައެއްކަން ވެސް ޔަގީންކަމާއިއެކު ބުނާކަށް ތަޖުރިބާކާރުންނަކަށް ނޭނގެއެވެ. ނަމަވެސް ސަބްމެރިން އޮންނާނެ ކަމަށް ބެލެވޭ ފުންމިން ތަޖުރިބާކާރުން ލަފާކުރެއެވެ. އެއީ 13000 ރޫޓްގެ އަޑިއެވެ.
މިސަބްމެރިން ޑިޒައިން ކޮށްފައި ވަނީ އެއްވެސް މައްސަލައެއް ދިމާވެގެން ކަނޑުގެ އަޑިއަށް ގޮސް، ކަނޑުގެ މައްޗަށް ނޭރިއްޖެ ހާލަތެއްގައި 24 ގަޑިއިރު ފަހުން އަމިއްލައަށް މައްޗަށް އަރާގޮތައް ކަމަށް އިންވެސްޓަރުން ބުނި ނަމަވެސް އެގޮތައް ސަބްމެރިން މަސައްކަތް ކޮށްފައެއް ނުވެއެވެ.


މިސަބްމެރިންގައި އިނގިރޭސިވިލާތުގެ ބިލިއަނަރެއް ކަމަށްވާ ހެމިޝް ހާޑިން އާއި ޕާކިސްތާންގެ މަހުޖަނެއް ކަމަށްވާ ޝަހްޒަދާ ދާއޫދު އާއި އޭނާގެ ދަރިފުޅު ސުލައިމާން ދާއޫދު ވަނީ ކަނޑުގެ އަޑިއަށް ފީނާފައެވެ. ދެން ސަބްމެރިންގައި ތިބީ ސަބްމެރިންގެ ޕައިލެޓާއި، އޯޝަންގޭޓްގެ ސީއީއޯ ސްޓޮގްޓަން ރަޝް އެވެ.



