ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް އިދިކޮޅު ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މަޝްވަރާތައް މިއަދަށް ތާވަލްކޮށްފިއެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ޕްރޮގްރެސިވް ކިންގްރެސް ކޯލިޝަނުން ދަޑިމޮކްރެޓްސް އާއެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ 3 ވަނަ ބައްދަލުވުން މިއަދު މެންދުރު 13:00 ޖަހާއިރު އޮންނާނެ ކަމަށެވެ. އަދި މި ބައްދަލުވުން އޮންނާނީ އޯޝަން ލައިބްރަރީގައި ކަމަށާއި މިވެރިކަން ނިންމަން ރައްޔިތުންތިބީ ކެތް މަދުވެފައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ މުއައްސިސް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ ބައްދަލުވުންތަކުގެ ތެރެއިން ތިންވަނަ ބައްދަލުވުން މިއަދު އޮންނާނެ ކަމަށެވެ.
ޑިމޮކްރެޓްސް އާއި ޕީޕީއެމްގެ މަޝްވަރާތައް ޕީޕީއެމްގެ ސެނެޓްގެ ލަފައެއް ނެތި ކުރިއަށް ގެންދާކަމަށް ބުނެ ޕީޕީއެމްގެ ސެނެޓްގެ ބައެއް މެންބަރުން ނުރުހުން ފާޅުކޮށްފައިވެއެވެ.



